-Advertisement-

-Advertisement-

މަރު ކޮމިޝަން އުވާލައިފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް 2018 ވަނަ އަހަރު އުފައްދާފައިވާ މަރު ކޮމިޝަން މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ

މަރު ކޮމިޝަން އުވާލެއްވުމަށް މިއަދު ރައީސް ސޮއި ކުރެއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ 17 ނޮވެމްބަރު 2018 ގައި މުރުވެފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބެލުމަށް 17 ނޮވެމްބަރު 2018 ގައި އުފައްދާފައިވާ ކޮމިޝަން، އެކޮމިޝަނާއި މަތިކޮށްފައިވާ މަސައްކަތްތައް ނިންމާފައިވާތީވެ، ކޮމިޝަން އުވާލަން ރައީސް ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް، ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙްގެ ރިޔާސީ ވައުދުފުޅެއް ފުއްދުމަށް މަރު ކޮމިޝަން އެކުލަވާލައިފައިވަނީ 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރުމަށެވެ.

މަރު ކޮމިޝަން އުވާލުމަށް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން ބައިނަލްއަޤްވާމީ އެކި އެކި ޖަމިއްޔާތަކުން ވަނީ ކޮމިޝަންގެ ހޯދުންތައް ހާމަކުރުމަށް ގޮވާލައްވާފައެވެ. އަދި ރައީސް އޮފީހަށް އެރިޕޯޓްތައް ލިބުމުން ރިޕޯޓްތައް ހިއްސާ ކުރާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ގާއިމްކުރުމުގެ ނަމުގައި މަރު ކޮމިޝަން އެކުލަވާލައިފައިވާއިރު، މަރު ކޮމިޝަންގެ މަސައްކަތްތަކާއި މެދު ގިނަ ބައެއްގެ ފާޑު ކިއުންތައް ރައްދުވެފައިވެއެވެ. އެގޮތުން ޑރ. އަފްރާޝީމް އާއި، ރިޟްވާން އަދި ޔަމީން ގެ މަރުގެ ރިޕޯޓް ތައްޔާރުކޮށް މަރު ކޮމިޝަނުން މިރިޕޯޓްތައް އާއިލާ އާއި ހިއްސާ ނުކުރުމުން ވެސް މިކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.

ހަމައެއާއިއެކު، މަރު ކޮމިޝަންއަށް އެތައް މިލިއަން ރުފިޔާއެއް ބަޖެޓުން ހަރަދުކޮށްފައިވާއިރު، 2018 އިން 2019 އާއި ހަމައަށް 4.8 މިލިއަން ދިވެހި ރުފިޔާ އަދި 2019 ގައި އެކަނި ދެ މިލިއަނަށް ވުރެއް ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-