-Advertisement-

-Advertisement-

ޖިނާއީ ކުށްތައް ހުއްޓުވުމަށްޓަކައި ސްރީލަން އަދި ރާއްޖެ އާއި ދެމެދު އެހީތެރިވުމުގެ އެއްބަސްވުމެެއް ހަދަނީ

ރައީސް ޑރ. މުއިއްޒާއި ކެބިނެޓް މިނިސްޓަރުން ކެބިނެޓް ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

ސްރީލަންކާ އާއި ދިވެހިރާއްޖެ އާއި ދެމެދު ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީޙުގެ ރުހުން ހޯދުމަށް މިއަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ފޮރިން މިނިސްޓްރީ އިން ހުށަހަޅާފައިވާ ކަރުދާހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު މިފަދައިން ނިންމާފައިވާއިރު، މިފަދަ ޓްރީޓީއެއްގެ ދަށުން ދެގައުމުގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތީން ޖިނާއީ މައްސަލަތަކުގައި ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދޭނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

“ޓްރީޓީ ބިޓްވީން ދަ ގަވަންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް”ގެ ދަށުން މި އެއްބަސްވުމުގައި ސޮއި ކުރުމަށްޓަކައި މަޖިލީހުގެ ހުއްދައަށް އެދެން ކަނޑައަޅާފައިވާއިރު، މިޓްރީޓީގެ ދަށުން ޖީނާއީ މައްސަލަތައް ހުއްޓުވުމަށް ލިބޭ އެހީތެރިކަމުގެ އިތުރުން ދެގައުމުގެ ދެމެދުގައިވާ ގުޅުންވެސް އިތުރަށް ހަރުދަނާ ވެގެންދާނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރުމުގެ އަމަލީ މަސައްކަތް 2011 ވަނަ އަހަރުގައި ފަށައިފައިވެއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން، ފުލުހުންގެ ކިބައިން ވަނީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރާ އަދަދު އިތުރު ވަމުންދާއިރު، ރާއްޖެ ތެރޭގައިވެސް މާރާމާރީއާއި އެހެނިހެން ކުށްތައް ހިންގުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-