-Advertisement-

-Advertisement-

އޯލެވެލް އިމްތިހާނުގައި އިސްލާމް، ދިވެހި ހިސާބު އަދި އިނގިރޭސި މާއްދާ ހަދަން މަޖުބޫރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި

އިސްލާމް، ދިވެހި ހިސާބު އަދި އިނގިރޭސި މާއްދާތަކަކީ އޯލެވެލްގައި ހަދަން މަޖުބޫރު މާއްދާތަކެއްކަމަށް ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން އަމިއްލަ އަދި އިންޓަނޭޝަނަލް ސްކޫލްތަކަށް އަންގައިފިއެވެ.

ރާއްޖޭގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތައުލީ ގޮތުން ހާސިލުކުރަން ކަނޑައަޅާފައިވާ ވަކި މިންވަރެއް ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވާން ޖެހޭ ކަމަށް މިއަދު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި އަމިއްލަ އަދި އިންޓަނޭޝަނަލް ސްކޫލަތަކަށް ފޮނުއްވި ސާކިއުލާރ ގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ގްރޭޑް 10 އޯލެވެލް އިމްތިހާނު ހަދާ ކޮންމެ ދިވެހި ދަރިވަރަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގައި ބައިވެރިވާ ދަރިވަރެއް ކަމުގައި ވާންވާނޭ ކަމަށާއި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ އުސޫލުގެ ތެރެއިން ފާހަގަކުރެވޭ ދަރިވަރުންނާއި މެދު މިނިސްޓްރީން މަޝްވަރާކޮށްގެން ވަކި ގޮތެއް ނިންމާނެ ކަމަށް މިސާރކިއުލާރގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ސާރކިއުލާރއެއް 2020 ވަނަ އަހަރުވެސް އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާއިރު، މިސާރކިއުލާރ އަކީވެސް އެ ސާރކިއުލާރ 2020 ގައި ވެސް މިނިސްޓްރީން ނެރުނު ސާކިއުލާއަކުން ދީފައިވާ އިރުޝާދެއް ކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-