-Advertisement-

-Advertisement-

ކުޅުދުއްފުށިން އުލިގަމަށް ކާޑު ގެންދަނީ

އެސްޓީއޯގެ މާލޭގެ ކާޑު ބޭލުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެޑިޝަން.އެމްވީ

ހއ. އުލިގަމުން ކާޑު ހުސްވެފައިވަނިކޮށް ކުޅުދުއްފުށިން އެ ރަށަށް ކާޑު ގެންދަން ނިންމައިފިއެވެ.

އުލިގަމަށް ކާޑު ލިބެންދެން އެ ރަށަށް ބޭނުންވާ ކާޑު ވަގުތީގޮތުން ކުޅުދުއްފުށިން ގެންދަން ނިންމާފައި ވާކަމަށް އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވަނީ މީޑިއާއަކަށް މައުލޫމާތު ދީފައެވެ. ޝާހު ވިދާޅުވި ގޮތުގައި އުލިގަމުން ކާޑަށް ޖެހެން ޖެހުނީ މޫސުން ގޯސްވެ އެ ރަށަށް ކާޑު ފޮނުވޭ ގޮތް ނުވީމައެވެ. އަދި އެ ރަށަށް ބޭނުންވާ ކާޑު ވީހާވެސް އަވަހަށް ފޯރުކޮށްދޭން އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަކަމަށް ޝާހު ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.

އުލިގަމުގެ ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ މުޙައްމަދު މީގެ ކުރިން މީޑިއާތަކާ ހިއްސާ ކުރި ގޮތުގައި އެސްޓީއޯއިން އެ ރަށަށް ކާޑު ގެންނަނީ އެންމެ އެމްބެސެޑަރެއް މެދުވެރިކޮށެވެ. ކާޑު ހުސްވުމުގެ ސަބަބުން އެ މައްސަލަ އާންމު ރައްޔިތުން ކައުންސިލަށް ހުށަހަޅާފައިވާކަމަށް ވެސް ކައުންސިލުގެ ނައިބު ރައީސް ހިއްސާކޮށްފައިވެއެވެ.

ކާޑު ހުސްވެފައިވާކަން ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ އިރު، ކައުންސިލުން ވަނީ ވަގުތުން މި ކަން އެސްޓީއޯގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އުލިގަމުގެ ކައުންސިލުގެ ނައިބު ރައީސް އަސަދުﷲ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-