-Advertisement-

-Advertisement-

ޓޮމާޓޯ ޖޫސް ބުއިންތަ؟

ޓޮމާޓޯ ތަފާތުވަނީ އޭގެ އޮށްތަކުގެ ސަބަބުންނެވެ. މި ތަފާތުގެ ސަބަބުން ޓޮމާޓޯ ބެލެވިގެންދަނީ މޭވާއެއްގެ ގޮތަށެވެ. ހަޤީޤަތުގައި ޓޮމާޓޯ ވަނީ މުޅި ދުނިޔޭގައިވެސް އެންމެ މަޝްހޫރު އެއް މޭވާއަށެވެ. ޓޮމާޓޯ އަކީ ވަރަށް ގިނަ ވައްތަރެއް ހިމެނޭ މޭވާއެކެވެ. ޓޮމާޓޯ އަކީ ގިނަ ކާއެއްޗިއްސަށް އެއްކޮށްލެވޭނެ ރަނގަޅު ކޮމްޕްލިމެންޓެކެވެ. ސޭންޑްވިޗް، ޕާސްތާ ނުވަތަ ޕިއްޒާއަކަށް ވެސް އިތުރުކޮށްލުމަށް މިއީ ހަމަ އެއްވަނައެވެ.

އެންމެ އާންމުކޮށް އަހަރެމެންނަށް ލިބެން ހުންނަނީ ޗެރީ ޓޮމާޓޯ އާއި ޕްލަމް އަދި ބީފްސްޓޭކް ޓޮމާޓޯއެވެ. ނަމަވެސް ޓޮމާޓޯ އަކީ އޭގެ 75 އަކަށްވުރެ ގިނަ ވައްތަރު ހުންނަ މޭވާއެކެވެ. ނަމަވެސް ކެއުމުގައި ހިމެނިގެންދިއުމަށް ޓޮމާޓޯ އެންމެ މަޝްހޫރުވެގެންދާ ސަބަބު ވެގެންދަނީ، އޭގައި ހިމެނޭ ވިޓަމިން ސީ، ޕޮޓޭސިއަމް، ފޮލޭޓް، އަދި ލައިކޯޕިން ފަދަ ނިއުޓްރިއެންޓްސްގެ ސަބަބުންނެވެ.

ޓޮމާޓޯގައި ހިމެނޭ މިފަދަ ގިނަ ނިއުޓްރިއެންޓްސްތަކުގެ ސަބަބުން އެތަކެއް ސިއްޙީ ފައިދާތަކެއް ހަށިގަނޑަށް ލިބޭއިރު، މީގެ މިސާލެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވެނީ އެތައް ދިރާސާތަކުން ދެނެގަނެވިފައިވާ، ޓޮމާޓޯގެ ޖޫހުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީތެރިވެދިނުމެވެ. މި ދިރާސާތަކުން ދައްކުވައިދެނީ ޓޮމާޓޯ ޖޫސްގެ ސަބަބުން އެލް.ޑީ.އެލް (ލޯ ޑެންސިޓީ ލިޕޯޕްރޮޓީން) ނުވަތަ ގޯސް ކޮލެސްޓްރޯލް ހަށިގަނޑުގައި ހުންނަ މިންވަރު ދަށްކޮށްދީ އެޗް.ޑީ.އެލް (ހައި ޑެންސިޓީ ލިޕޯޕްރޮޓީން) ނުވަތަ ރަނގަޅު ކޮލެސްޓްރޯލް އިތުރު ކޮށްދޭކަމެވެ. ކާޑީއޯ ވެސްކިއުލަރ ބަލިތަކުން މީހާ ސަލާމަތްކޮށްދިނުމަށާއި އޭގެ ނުރައްކާ ކުޑަކުރުމަށް މިއީ ވަރަށްބޮޑަށް އެހީތެރިވެދޭ ކަމެކެވެ.

މީގެއިތުރުން ޓޮމާޓޯ ޖޫސް ބުއިމަކީ އަދި ޙާއްސަކޮށް ކަސްރަތު ކުރުމަށް ފަހުގައި ޓޮމާޓޯ ޖޫސް ބުއިމުން ހަށިގަނޑުގައިވާ މަސްތަކުގެ ސިއްޙަތު ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. މިކަމާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކަށް ބިނާކޮށް ގްރީސްގެ ސައިންސްވެރިން ކޮށްފައިވާ ދިރާސާއެއްގައި އެތުލީޓުންނާއި މިފަދަ ބުރަކޮށް ކަސްރަތު ކުރާ މީހުންނަށް ކަސްރަތަށްފަހު ބުއިމެއްގެ ގޮތުގައި ވަނީ އެނާރޖީ ޑްރިންކާއި ޓޮމާޓޯ ޖޫސް ދީފައެވެ. މިދިރާސާއިން ދައްކާ ގޮތުގައި ޓޮމާޓޯ ޖޫސް ބޮއެފައިވާ ފަރާތްތަކުގެ މަސްތަކަށް ލިބިފައިވާ ގެއްލުންތައް އަވަހަށް ރަނަގަޅުވެފައިވާކަމަށް ފާހަގަވިއިރު، މި މީހުންގެ ޖުމްލަކޮށް މަސްތަކުގެ ސިއްޙަތު ރަނގަޅު ވެފައިވާކަމަށްވެސް ވަނީ ފަހަގަކުރެވިފައެވެ.

ޓޮމާޓޯ ޖޫހަކީ މަޝްހޫރު ބުއިމެކެވެ. މިއީ ޕޮޓޭސިއަމް އާއި ވިޓަމިން ސީ ފަދަ މާއްދާތައް އެކުލެވޭ ދަގަނޑާއި ވިޓަމިން އޭ އަދި ގިނަ އަދަދަކަށް ފައިބަރވެސް އެކުލެވޭ ބުއިމެކެވެ. އަދި މިއީ ގިނަ އަދަދކަށް ސޯޑިއަމް އެކުލެވޭ މިންވަރު ގިނަ ބުއިމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-