އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހުމަދީނެޖާދު އެޤައުމުގައި ޖޫން މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީ ކުރައްވައިފި އެވެ.
އިރާނުގެ ގިނަ ބައެއްގެ ތާއީދު އޮންނަ ކުރީގެ ލީޑަރު އިންތިޚާބުގައި ވާދަކުރައްވަން އާދިއްތަ ދުވަހު ނިންމެވުމާއި ގުޅިގެން އެޤައުމުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީއަށް ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. އަހުމަދީނޭޖާދު ވަނީ 2021 ވަނަ އަހަރުގައި ވެސް ވެރިކަމަށް ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެޤައުމުގެ އިންތިޚާބީ ޕެނަލުން ވަނީ އޭނާ ވާދަކުރުން ހުއްޓުވައިފައެވެ. މިފަހަރު ވެސް އޭނާގެ ނަން އެ ޕެނަލުން ޤަބޫލުނުކުރަމަކީ އެކަށީގެންވާކަމެއްކަމުގައި އިރާނުގެ ބައެއް ޚަބަރުތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މެއި މަހުގައި ހެލިކޮޕްޓަރެއް ވެއްޓި އިރާނުގެ ރައީސް އިބްރާހިމް ރައިސީ ނިޔާވުމާއި ގުޅިގެން އެޤައުމަށް އާ ރައީސަކު ހޮވުމަށް ޖޫން 28 ވަނަ ދުވަހު އިންތިހާބެއް ބާއްވަން ވަނީ ހަމަޖައްސާފައެވެ.