-Advertisement-

-Advertisement-

ސައުދީ ކިންގްސް ކަޕްގެ ފައިނަލުގައި އަލް ހިލާލް އަތުން ބަލިވުމުން ރޮނާލްޑޯ ކަރުނައަޅައި ރޮއެފި

ކްރިސްޓިއާނޯ ރޮނާލްޑޯ ހިތާމަފާޅު ކުރަނީ. ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާގެ ކިންގްސް ކަޕް ފައިނަލުގައި އަލް ހިލާލް އަތުން ޕެނަލްޓީ ޖަހައިގެން އަލް ނަސްރު ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯ ވަރަށް ބޮޑަށް ރޮއެ ހިތާމަ ފާޅުކޮށްފިއެވެ.

ހުކުރު ދުވަހު ސައުދީ އަރަބިއްޔާގެ ޖިއްދާގައި ކުޅުނު ފައިނަލް މެޗުން ބަލިވުމުން މިހާބޮޑަށް ރޮނާލްޑޯ ހިތާމަ ފާޅުކޮށްފައިމިވަނީ, އޭނާ އަލް ނަސްރުއަށް ސޮއިކުރިފަހުން ޖެހިޖެހިގެން ދެވަނަ ސީޒަންގައިވެސް އެއްވެސް މުބާރާތެއް ކާމިޔާބުނުވެ ހުސްއަތާ ނިންމާލަން ޖެހުމުން ކަމަށް ބެލެވެއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލް ނަސްރަށް ސޮއިކުރި ރޮނާލްޑޯ މާޔޫސްކަމުގެ ތެރޭގައި ބިންމައްޗަށް ވެއްޓިފައި އޮއްވައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ހިއްވަރު ދޭ މަންޒަރު ފެނިފައިވެއެވެ.

މި މެޗް އަލް ހިލާލް ކާމިޔާބު ކޮށްފައިވަނީ އިތުރު ވަގުތަށްފަހު 1-1 އިން މެޗް އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީއްޖާއަކުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-