-Advertisement-

-Advertisement-

ހޯސޭ މޮރީނިއޯ ތުރުކީގެ ފެނަބާޗޭއަށް!

މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ތުރުކީގެ މަޝްހޫރު ކްލަބެއް ކަމަށްވާ ފެނަބާޗޭ ކޯޗަކަށް ހަމަޖައްސަވައިފި އެވެ.

އާދީއްތަ ދުވަހުގެ މެންދުރު ފަހު ފެނަބާޗޭގެ ސުކްރޫ ސަރަކޯގްލޫ ސްޓޭޑިއަމްގައި އެޓީމުގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި މޮރީނިއޯ ސޮއިކޮށްފައިވަނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ސޮއިކުރި ވަގުތު ސަޕޯޓަރުން ވަނީ އޭނާގެ ނަން ގޮވައި އުފާ ފާޅުކޮށްފައެވެ.

މިދިޔަ ދެ އަހަރާއި ބައި މޮރީނިއޯ ހޭދަކޮށްފައިވަނީ އިޓަލީ ވިލާތުގެ އޭއެސް ރޯމާގައެވެ. އާންމުކޮށް ކޯޗުކަން ކޮށްދޭ ހުރިހާ ކްލަބަކަށްވެސް ކާމިޔާބީ ހޯދައިދޭ މޮރީނިއޯ ވަނީ އެ ކްލަބަށް ޔޫރޮޕާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްދީފައެވެ.

ތުރުކީގެ އިސްތަންބޫލްގައި ކުޅޭ ފެނަބާޗޭއަކީ ތުރުކީގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ޓީމެއް ނަމަވެސް 2014 ވަނަ އަހަރަށް ފަހު އެޓީމަށް ލީގުގެ ޗެމްޕިއަންކަން ހޯދާފައެއް ނުވެއެވެ.

ޕޯޓޯ، ޗެލްސީ، އިންޓަ މިލާން، ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް އަދި ރޯމާއަށް ކޯޗުކަން ކޮށްދިންއިރު 26 މުބާރާތެއް ކާމިޔާބު ކޮށްދީފައިވާއިރު އޭނާއަށް އެއްވެސް މުބާރާތެއް ކާމިޔާބު ކޮށްދީފައި ނުވަނީ 2021 ވަނަ އަހަރު ކޯޗުކަން ކޮށްދިން ޓޮޓެންހަމް އަށް އެކަންޏެވެ.

އޭނާ އަކީ ޔުއެފާގެ ތިން މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގު ކާމިޔާބުކޮށްދިން ހަމައެކަނި ކޯޗެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-