-Advertisement-

-Advertisement-

ކަރަންޓް ބޮޑުވެގެން ސްޓެލްކޯއަށް ޝަކުވާގެ ގޮތުގައި 659 ފޯނު ކޯލާއި 6135 މެސެޖު

ސްޓެލްކޯ މައި އޮފީސް – ފޮޓޯ: އެޑިޝަން

ކަރަންޓް ބިލް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކޮށް، ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ސްޓެލްކޯއިން ހުޅުވާލުމުން 659 ފޯނު ކޯލާއި 6135 މެސެޖު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ޝަކުވާ ފޯނާއީ އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ކަރަންޓު ބިލްތަކާ ގުޅިގެން މިދިޔަ ދެ ދުވަސް ތެރޭ ޝަކުވާގެ ގޮތުގައި ⁠659 ފޯނުކޯލު ލިބިފައިވާ ކަމަށާއި އެހުރިހާ ފޯން ކޯލަށް ޖަވާބުދީފައިވާނޭ ކަމަށް ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ⁠6135 މެސެޖު ލިބިފައިވާ ކަމަށާއި އެކުންފުނިން ފުރަތަމަވެސް ބުނެފައިވާނޭ ފަދައިން24 ގަޑި އިރުތެރޭ ހުރިހާ ރިކުއެސްޓްއަކަށް އެޓެންޑްވުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ކަރަންޓް ބިލްތަކާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް އަދި billing@stelco.com.mv އިން އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-