ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރޭ 3:03 ހާއިރު މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯކޮށްލައިފައިވާ ކަމުގެ މައުލޫމާތު ލިބުން ކަމަށެވެ.
މިހާދިސާގައި ހަތް ސައިކަލަކަށާއި ވޭނަކަށް ގެއްލުން ލިބިފައިވާކަމަށާއި އޭގެ ތެރެއިން ތިން ސައިކަލެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަންދައިފައިކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިމައްސަލަ އާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މިމައްސަލަ މީހަރު ތަޙުގީގު ކުރަމުންދާ ކަމަށާއި މިކަން ކުރި މީހަކު ދެނެގަނެވި ހައްޔަރުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.