-Advertisement-

-Advertisement-

ޗެލްސީގެ އާ ކޯޗަކަށް އެންޒޯ މަރެސްކާ!

އެންޒޯ މަރެސްކާ. ފޮޓޯ: ގިޓީ އިމޭޖް/ރިޗާރޑް ސެލާސް

އިނގިރޭސި ޕްރިމިއަރ ލީގުގެ ޓީމެއް ކަމަށްވާ ޗެލްސީ އިން އެޓީމުގެ އާ ހެޑް ކޯޗުގެ މަގާމަށް ކުރީގެ ލެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހު އެކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 44 އަހަރުގެ މަރެސްކާ ވަނީ އެ ކްލަބާއި އެކު 5 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ. ލެސްޓާގެ ކޮންޓްރެކްޓުން މާރެސްކާ ދޫކޮށްލުމަށް ޗެލްސީން ވަނީ 8 މިލިއަން ޕައުންޑާއި 10 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް ފައިސާ ދީފަ އެވެ

މިދިޔަ ސީޒަނުގައި މަރެސްކާގެ ކޯށު ކަމުގެ ދަށުން ލެސްޓާ ސިޓީ ވަނީ އިނގިރޭސި ދެވަނަ ޑިވިޝަންގެ ތަށި ކާމިޔާބުކޮށް ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވެފައެވެ.

ޗެލްސީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި ނިންމާލައިފައިވަނީ 6 ވަނައިގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-