-Advertisement-

-Advertisement-

އެޕްރިލް މަސް ނިންމުން އިރު ދައުލަތުގެ ރިޒާވް މައްޗަށް

އެމްއެމްއޭ ބިލްޑިންގް -- ފޮޓޯ: އަވަސް

އެޕްރިލް މަސް ނިންމުން އިރު ދައުލަތުގެ ރިޒާވްގައި 622.07 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބުނެފައިވެއެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި މާރޗް މަހުން ފެށިގެން ދައުލަތުގެ ރިޒާވް 15 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއް މަސް ދުވަހުގެ ތެރޭގައި ރިޒާވަށް މި ވަނީ 80.31 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ މާޗް މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި 541.76 މިލިއަން ޑޮލަރު ހުރި އިރު، އޭޕެރިލް މަސް ނިމުނު އިރު އެއަދަދު 622.07 މިލިއަން ޑޮލަރަށް މަތިވެފައިވާކަން އެމްއެމްއޭއިން އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކައެވެ.

.އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަމަސް ދުވަސް ތެރޭގައި ދައުލަތުގެ ރިޒާވުން އެންމެ ބޮޑަށް ދަށްވެފައިވަނީ މާރޗް މަހުގައެވެ.

ވޭތުވެ ދިޔަ ހަ މަސްތެރޭ ދައުލަތުގެ ރިޒާވް:

  • ނޮވެމްބަރު: 581.17 މިލިއަން ޑޮލަރު
  • ޑިސެމްބަރު: 590.52 މިލިއަން ޑޮލަރު
  • ޖެނުއަރީ: 551.08 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 588.82 މިލިއަން ޑޮލަރު
  • މާޗް: 541.76 މިލިއަން ޑޮލަރު
  • އޭޕްރިލް: 622.07 މިލިއަން ޑޮލަރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވިއިރު، ދައުލަތުގެ ރިޒާވްގައި 581.17 މިލިއަން ޑޮލަރު ހުރިއެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށްފަހު ދައުލަތުގެ ރިޒާވް މިވަނީ ކުރިއަށް ޖެހެން ފަށާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-