ޕީޖީ އޮފީހުން ވިކްޓިމް ސަޕޯޓް ދާއިރާއަށް ޚާއްސަކޮށްގެން ނިއުސް ލެޓާއެއް ނެރެފިއެވެ.
ވިކްޓިމް ސަޕޯރޓްއަށް ޚާއްސަކޮށްގެން “ނިޔާވެހި” ގެ ނަމުގައި މިއަދު ނެރެންފެށި ނިއުސް ލެޓާއަކީ ޖިނާއީ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރެންފެށި ނިއުސް ލެޓާއެއްކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މަހަކު އެއްފަހަރު ނެރޭ ނިޔާވެހި ނިއުސް ލެޓާގައި އެކި ކުށްތަކުގައި އަނިޔާލިބޭ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި އަމަލުކުރާ އުސޫލުތަކަށް އަންނަ ބަދަލުތަކާއި ކޯޓުތަކުން އެފަދަ މައްސަލަތަކުގައި ނިންމާ ނިންމުންތަކުގެ އިތުރުން ޕީޖީ އޮފީހުން އަމަލުކުރާ އުސޫލުތައް ނިއުޒްލެޓާރގައި ޝާއިއު ކުރެވިގެންދާނެއެވެ.
ވިކްޓިމް ސަޕޯޓް ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދޭ ބަޔަކަށް ހެދުމަކީ ޕީޖީ އޮފީހުގެ އަމާޒުކަމަށާއި އެ ދާއިރާއާ ގުޅުންހުރި މުހިންމު އުސޫލުތައް އެންމެންނަށް ފެންނަން ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޕީޖީ އިން ދެކޭކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މިއަދު ޖިނާއީ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ނެރެފައިވާ ނިއުޒްލެޓާރ ގައި މިދާއިރާގައި މަސައްކަތް ކުރާ ފަރާތަކުގެ ލިޔުންތައް ޝާއިއު ކުރުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ވެސް ޕީޖީއިން ބުނެފައިވެއެވެ.