-Advertisement-

-Advertisement-

ހިޔާ ފްލެޓް ސަރަހައްދުން ފޭރޭ ބަޔަކު ހައްޔަރު ކޮށްފި

ހިޔާ ފްލެޓް ސަރަހައްދު. ފޮޓޯ: ސޯޝަލްމީޑިއާ

ގިނަ އަދަދެއްގެ ފައިސާ ފޭރުނުކަމަށް ތުހުމަތު ކުރެވޭ 4 މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރީ، މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައިކަމަށެވެ. އަދި މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭކަމަށް ހޯމަ ދުވަހުގެ ރޭ އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާކަން ވެސް ފުލުހުން ހާމަކުރެއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން އެ ތަނަށް އެޓެންޑްވެ މައުލޫމާތު ސާފު ކުރި އިރު ފޭރުމުގެ ތުހުމަތުގައި ހިފެހެއްޓި މީހުން އެތައް ބައެއްގެ އަތުން އެކި ފަހަރު މަތިން ފައިސާ ފޭރުނުކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 4 މީހުންނަކީ ދިވެހިންކަމަށް ފުލުހުން ބުނެއެވެ. އެއީ 32 އަހަރުގެ ދެ މީހުންނާއި 36 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެކެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-