-Advertisement-

-Advertisement-

އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑަށް

ސްޓެލްކޯގެ ނޮން އެގްޒެކެޓިވް ބޯޑު ޑިރެކްޓަރ މަރިޔަމް ސާޖިދާ. ފޮޓޯ: ސްޓެލްކޯ

އަބްދުއްރަހީމް އަބްދުﷲގެ ދަރިކަނބަލުން މަރިޔަމް ސާޖިދާ ސްޓެލްކޯގެ ބޯޑަށް އައްޔަންކޮށްފިއެވެ.
ސާޖިދާ އަކީ އިނގިރޭސިވިލާތުގެ ކޮވެންޓްރީ ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ސާޖިދާ ވަނީ ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔާއިން އެކައުންޓިން ޑިގްރީއެއް ވެސް ހާސިލުކުރައްވާފައެވެ. މީގެއިތުރުން ސާޖިދާ އަކީ އެކައުންޓިން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައި ހުންނެވި ބޭކަނބަލެއްކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ސްޓެލްކޯއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ބޯޑު ޑިރެކްޓަރަކަށް ސާޖިދާ އައްޔަނު ކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.
ސްޓެލްކޯގެ ބޯޑު ޑިރެކްޓަރުކަން ސާޖިދާއަށް ލިބިލެއްވި އިރު އަބްދުއްރަހީމް އަބްދުﷲގެ ފިރިހެން ދަރިކަލުން އިބްރާހިމް ފައިސަލަކީ ރާއްޖޭގެ މި ވަގުތުގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-