-Advertisement-

-Advertisement-

ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކ. ގުރައިދޫ މަރުކަޒުގައި ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްއަކީ އެމަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށާއި މަރުކަޒުގައި ފަރުވާ ހޯދާ މީހުންނަށް އިޖުތިމާއީ ހުނަރުތައް ދަސްކޮށްދީ، އިޖުތިމާއީ ކަންކަމަށް ބާރުއަޅައި، މަގުފަހިކޮށްދިނުމަށް ކުރި މަސައްކަތެއް ކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ފަރުވާ ހޯދާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެމަރުކަޒުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މިފަދަ ޕްރޮގްރާމުތަކުގައި އެ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމުގައި އެވުޒާރާއިން ބުނެފައިވެއެވެ.

އެވުޒާރާއިން ބުނެފައިވާ ގޮތުގައި މަރުކަޒުގައި ފަރުވާ ހޯދާ ކޮންމެ ފަރާތަކަށް ވެސް އެމަރުކަޒުގައި ހޭދަ ކުރާ މުއްދަތަކީ އުފާވެރި އަދި ހިތްހަމެޖެހޭ ދުވަސްތަކަކަށް ހެދުމަކީ މިގޮތަށް ހިންގާ ޕްރޮގްރާމުތަކުގެ މަގުސަދެވެ.

ގުރައިދޫ ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ގަސް އިނދުމުގެ ޕްރޮގްރާމްއަށް ލިބިފައިވާއިރު، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް އޮތްތަނުގައި ހިނގުމަށް ހަމަޖެހިފައިވާކަމަށް އެވުވާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-