-Advertisement-

-Advertisement-

ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކް: މިހާރު ފޯން އަދި އެހެން ޑިވައިސް ޓްރެކް ކޮއްލެވޭނެ

ގޫގުލް ފައިންޑް މައި ޑިވައިސް އަކީ އާ ފީޗާއެއް ނޫނެވެ. އަހަރުތަކެއް ވަންދެން ގޫގުލް އެކައުންޓުން ފޯން އޮތްތަން ބަލާލެވެއެވެ. ނަމަވެސް މިހާރު ގޫގުލްއިން ދަނީ މި ފީޗާ އިތުރަށް ފުރިހަމަކޮށް ފޯނުގެ އިތުރުން އެހެނިހެން ޑިވައިސްތަށް ޓްރެކްކޮށް ބަލާލެވޭ ފީޗާ އެންޑްރޮއިޑް ފޯނުތަކަށް ތަޢާރަފްކުރަމުންނެވެ.

ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކް ސަޕޯޓްކުރާ ޓްރެކިން ޑިވައިސްތައް މެދުވެރިކޮށް އެމީހެއްގެ ތަޅުދަނޑި, ވޮލެޓް, ސައިކަލު ކަހަލަ ތަކެތި ޓްރެކް ކުރެވޭނެއެވެ. މީގެ އިތުރުން ހެޑްފޯނާއި, އިއާބަޑްސްވެސް މި ނެޓްވޯރކްގައި މުސްތަގުމަލުގައި ސަޕޯޓްކުރާނެއެވެ.

މިއީ އެޕަލްގެ ފައިންޑް މައި އާއި އެއްގޮތަށް ފަރުމާކޮއްފައިވާ ފީޗާއެކެވެ. މި ފީޗާ އާއި އެކުގައި އެޕަލް ޑިވައިސްތަށް ގެންގުޅޭ މީހުންނަށް އެމީހުންގެ ޑިވައިސްތައް ހުރިތަން ބަލާލެވޭ ގޮތަށް އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށްވެސް ޑިވައިސް ލޮކޭޝަން އަދި އެ ޑިވައިސްއެއް ވަގަން ނަގައިވި ނަމަ ލޮކްވެސް ކޮއްލެވޭނެއެވެ.

މީގެ އިތުރުން އެމީހާ އުޅޭ ލޮކޭޝަން ދެންގަތުމަށްޓަކައި ސިއްރު ޓްރެކާއެއް އެމީހެއްގައި ކައިރީގައި ފޮރުވާފައިވާނަމަ ވެސް މި ފީޗާ އިން ދެނެގަނެ އެއަށް ސަމާލުވުމަށް އެލާޓްދޭނެއެވެ.

ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކް މަސައްކަތް ކުރަނީ ކިހިނެތް؟
ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކްގައި ބޭނުން ކުރަނީ ކައިރިގައި ތިބޭ އިންޑްރޮއިޑް ފޯންތަކުގެ ބުލޫޓޫތް ސިގްނަލްއެވެ. މި ނެޓްވޯރކުގައި ބައިވެރިވާ ހުރިހާ ޑިވައިސްތަކެއްގެ ބުލޫޓޫތު މެދުވެރިކޮށް އެ ޑިވައިސްއަކާއި އެންމެ ކައިރީގައިވާ ޑިވައިސްގެ ލޮކޭޝަން ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކް އަށް އަޕްޑޭޓްވެއެވެ. މި ލޮކޭޝަން ހޯދުމަށް އެހެން ޑިވައިސްތަށް ބޭނުން ކުރިކަމުގައި ވިޔަސް އެ ލޮކޭޝަން ފެންނާނީ ހަމަ އެކަނި ވެރިފަރާތުގެ ފޯނުން ނުވަތަ ވެރިފަރާތުން ގޫގުލް އެކައުންޓަށް ލޮގިން ވަފައިވާ ޑިވައިސްއިން އެކަނިއެވެ. އެހެން ކަމުން އެއްވެސް އެހެން މީހަކަށް އެމީހެއްގެ ލޮކޭޝަން ނުވަތަ އެ ޑިވައިސްއެއްގެ ލޮކޭޝަން ނޭގޭނެއެވެ.

ގޫގުލް ފައިންޑް މައި ޑިވައިސް ނެޓްވޯރކް ސަޕޯޓްކުރަނީކޮން ޑިވައިސްތަކަކަށް؟
އެންޑްރޮއިޑް އޯއެސް 9 އަށް ވުރެ މަތީގެ ސޮފްޓިވެއާ ސަޕޯޓުކުރާ ކޮންމެ ޑިވައިސްއެއްވެސް މި ނެޓްވޯރކް ސަޕޯޓު ކުރާނެ ކަމަށް ގޫގުލްއިން ބުނެއެވެ. މިހާރަ ޓެސްޓިން ފޭސްގައި އެމީހަކު އަމިއްލަށް މި ނެޓްވޯރކް އަށް ސަޕޯޓްކުރާ ޑިވައިސްއަކުން ސައިންއިން ކުރެވޭނެއެވެ. ފޯންތަކުގެ އިތުރަށް ސޮނީ އަދި ޖޭބީއެލްގެ އިއާބަޑް, ޗިޕޯލޯ އަދި ޕެބަލްބީގެ ޓްރެކިން ޑިވައިސްގެ އިތުރުން ގޫގުލްގެ ހޯމް ޑިވައިސްތައްވެސް ސަޕޯޓްކުރާނެއެވެ. ކުރިޔަށް އޮތްތާގައި ގިނަ ޑިވައިސްތަކެއް “ވޯރކްސް ވިތް ގޫގުލް ފައިންޑް މައި” ބެޖާއި އެކުގައި ފެނިގެންދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-