-Advertisement-

-Advertisement-

ދުވަހުން ދުވަހަށް ކުށުގެ ރެކޯޑް ސާފުކުރެވޭ ގޮތް ޕީޖީ އޮފީހުން ހަމަޖައްސައިފި

މިހާރު ނޫސް

ކުށުގެ ރެކޯޑު ސާފުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާ ފޯމުތަކަށް ރިކޯޑް ސާފުކޮށްދިނުމަށްފަހު ދުވަހުން ދުވަހަށް ޖަވާބުދޭގޮތަށް ހަމަޖައްސައިފިއެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު ޕީޖީ އޮފީހުގެ ކައުންޓަރަށް ހުށަހަޅާ ފޯމުތައް، އެދުވަހުގެ މެންދުރު 1:30 ގައި ލިބޭގޮތަށް ދުވަހުން ދުވަހަށް ކުށުގެ ރެކޯޑު ސާފުކޮށްދޭގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، އެދުވަހުގެ މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތައް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ލިބޭނެކަމަށް މިއަދު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިފަދައިން ހެދުމުގެ އަމާޒަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް އަވަހަށް ލިބޭނެ ގޮތަށް ހެދުން ކަމަށާއި ޕީޖީ އޮފީހަށް ހުށަހަޅާ ފޯމުތައް މީގެ ކުރިން ދޫކުރުމުން އައީ ހުށަހަޅާ ދުވަހާ ޖެހިގެން އަންނަ ދުވަހު ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި މީގެއިތުރުން މިހާރުވެސް އޮންލައިންކޮށް ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް ދިހަ މިނިޓު ތެރޭގައި ސާފުކޮށްދިނުމުގެ ހިދުމަތް ޕީޖީ އޮފީހުން ދެމުންދާ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މި ލިންކު މެދުވެރިކޮށް ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-