-Advertisement-

-Advertisement-

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވައިލައިފި

ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމަށް ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ވަނީ މިއަދު އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދިލައްވާ ފަރާތްތަކުން ފޯމް ހުށަހަޅާނީ ޖޫން 30 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހަށް ކަމަށް މިއަދު ރައީސް އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި، އެފަދަ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އުފައްދަވާފައިވާ އިރު، މި ކޮމިޝަނުގައި 5 މެމްބަރުން ތިއްބަވައެވެ. އެގޮތުން މި ވަގުތު އެ ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރްޔަމް މުނާ، ކޮމިޝަނާ މުއުމިނާ ވަހީދު، ކޮމިޝަނާ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގު އަދި ކޮމިޝަނާ ސަމާއު އަހުމަދު ނަޖީބެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-