-Advertisement-

-Advertisement-

ޒުވާނުންނަށް ތަފާތު 17 ދާއިރާއަކުން އެވޯޑް ދިނުމަށް ނިންމައިފި

ފޮޓޯ: ޔޫއެންޑީޕީ

ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު 17 ދާއިރާއަކުން ޒުވާނުންނަށް އެވޯޑް ދިނުމަށް ނިންމައިފިއެވެ.

މިއަދު ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ ޒުވާނުން ގައުމުގެ ތަރައްގީއަށް ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އިނާމެއްގެ ގޮތުން ދޭ އެވޯރޑްއެއް ކަމަށާއި މި އެވޯޑު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްސަ އެވޯޑުގެ އިތުރުން ސެޓްފިކެޓް ދެވޭނެ ކަމަށެވެ.

ތަފާތު 17 ދާއިރާއަކުން އެވޯރޑް ދިނުމަށް ހުޅުވާލައިފައިވާއިރު، މިއެވޯދަކީ ޒުވާނުން މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި ބަޔަކަށް ހެދުމަށާއި ޒިންމާދާރު ބަޔަކަށް ހެދުމުގެ މަޤުސަދުގައި ދެވޭ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

މިއަދުން ފެށިގެން މިއެވޯރޑްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިއިނާމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށްވެސް އެމިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޔޫތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެޕްލިކޭޝަން ފޯމު އޮންލައިކޮށް  ގޫގުލް ލިންކް  މެދުވެރިކޮށް ނުވަތަ ސޯޝަލް ސެންޓަރަށް ގޮސް ހުށަހެޅޭނެ ކަމަށާއި ރަށްރަށުން ފޯމު ހުށަހަޅާނަމަ ފޯމު ހުށަހަޅާނީ  މިނިސްޓްރީގެ މެއިލް  މެދުވެރިކޮށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-