-Advertisement-

-Advertisement-

ޕެރިސް އޮލިމްޕިކްސްގައި ކުޅޭ ފްރާންސް ސްކޮޑުގައި އެމްބާޕޭ ނުހިމެނޭ

ޖުލައި މަހުގައި ފެށޭ ޕެރިސް އޮލިމްޕިކްސްގައި ކުޅޭ ފްރާންސް ފުޓުްބޯޅަ ޓީމުން އިއުލާން ކުރި ސޮކްޑްގައ ކައިލިއަން އެމްބާޕޭ ނުހިމެނެއެވެ.

ހޯމަ ދުވަހު ފަރާންސް ޓީމުގެ ކޯޗު ތިއަރީ އޮންރީ އިއުލާނު ކުރި ވަގުތީ ސްކޮޑްގައި އެމްބާޕޭގެ ނަން ނުހިމެނުނީ އޭނާ އަލަށް ސޮއިކުރި ކްލަބް ކަމަށްވާ ރެއާލް މެޑްރިޑުން އެ މުބާރާތުގައި ކުޅުމަށް ފުރުސަތު ނުދިނުމުން ކަމަށް ބެލެވެއެވެ. ބައިނަލްއަޤްވާމީ އެހެން މުބާރާތްތަކާއި ޚިލާފަށް އޮލިމްޕިކްސް މުބާރާތުގައި ކުޅުމަށް ގައުމީ ޓީމުތަކަށް ކުޅުންތެރުން ދޫކޮށްލަން ކުލަބްތަކަށް ކޮންމެހެން ނުޖެހެއެވެ.

މިދިޔަ ހަފްތާގައި ރެއާލް މެޑްރިޑަށް ސޮއިކުރި އެމްބާޕޭ ވަނީ އޭނާގެ އުފަން ގައުމުގައި ބާއްވާ އޮލިމްޕިކްސް ގޭމްސްގައި ކުޅެން ބޭނުންވާކަން ހާމަކޮށްފަ އެވެ. އަދި ފްރާންސްގެ ކޯޗް އޮންރީގެ އިތުރުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް އެމްބާޕޭ އޮލިމްޕިކްސް މުބާރާތުގައި ފެންނަން ބޭނުންވާކަން ހާމަކޮށް ރެއާލް މެޑްރިޑުން އޭނާ ދޫކޮށްލާނެކަމަށް އުންމީދުކުރާކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ރެއާލް މެޑްރިޑުން އޭނާ ދޫކޮށްފައިނުވަނީ މި މަހުގައި ފެށޭ ޔޫރޯ 2024 މުބާރާތަށްފަހު އޮލިމްޕިކްސް ގައި ކުޅޭނަމަ މިއަންނަ ސީޒަން ފެށުމުގެ ކުރިން އޭނާއަށް އެއްވެސް ޗުއްޓީއެއް ނުލިބޭނެތީ ކަމުގައި ބެލެވެއެވެ.

މިއަހަރުގެ އޮލިމްޕިކްސް ގޭމްސް ފެށެނީ ޖުލައި މަހުގެ 26 ވަނަ ދުވަހު, ފްރާންސްގެ ވެރިރަށް ޕެރިސްގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-