ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ބޭނުންކުރާ އިންސްޓަގްރާމަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން މަޝްހޫރު އަދި އަދުގެ ދުނިޔޭގައި މަގްބޫލު މުހިންމު އެއްޗެކެވެ. އަދި މިއެޕްލިކޭޝަންގެ ސަބަބުން ވަނީ އަހަރެމެން މުއާމަލާތްކުރާގޮތާއި، ގުޅުންތައް އުފެއްދުމާއި، ގާއިމްކުރާގޮތް ބަދަލުކޮށްފައެވެ. ފޮޓޯތަކުގެ މައްޗަށް ބިނާވެފައިވާ އިންޓަފޭސްއަކާއި ދުނިޔޭގެ މަގްބޫލުކަން ލިބިފައިވާ އިންސްޓަގްރާމް ތަރައްގީވެފައިވަނީ ފަރުދުންނާއި ވިޔަފާރިތަކާއިވެސް ރައްޓެހި ޕްލެޓްފޯމްއެއްގެ ގޮތުގައެވެ.
އިންސްޓަގްރާމްގެ ފައިދާތަކަށް ބަލާލާއިރު ވަރަށްވެސް ގިނައެވެ. ސޯޝަލް މީޑިއާގެ އެހެން ހުރިހާ އެޕްލިކޭޝަންތަކުން ލިބޭ ހުރިހާ ފައިދާތަކެއް އިންސްޓަގްރާމް އިން ވެސް ލިބެއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކާއި މީހާ ގުޅި ގްލޯބަލް ކަނެކްޓިވިޓީ އިން ފަހި ފުރުސަތުތަކެއް ހުޅުވާލަދެއެވެ. އޭގެއިތުރުން، މި ގުޅުންތައް ކުރިއެރުވުމަށް ހުރި ފުރުސަތުތައް ހޯދައިދީ އަމިއްލަ އުފެއްދުންތަކުން މީހާގެ ކްރިއޭޓިވިޓީ ދުނިޔެއަށް ދައްކާލުމަށް މަގުތައް ފަހިކޮށްދެއެވެ. ވިޔަފާރިކުރެވޭނެ ގޮތްތްކާއި ވިޔަފާރި ކުރަންވީ ގޮތްތައް ދަސްވެގެންދެއެވެ. ސަޕޯޓް ގުރޫޕްތަކާއި ކޮމިއުނިޓީތަކުން މީހާ އަށް ވަރަށް ގިނަ ކަންކަން ދަސްކޮށްދީ ތަފާތު ގިނަ ކަންކަމަށް ލޯހުޅުވައިދެއެވެ. ހޭލުންތެރިކަމާއި ސަގާފީ ތަފާތުތައް ދަސްވުމުގެ އިތުރުން ޕޮޒިޓިވް އިންސްޕިރޭޝަންއެއްގެ ގޮތުގައި ގިނަ މީހުން އިންސްޓަގްރާމް ސިފަ ކުރެއެވެ.
އެކަމަކު ފަރުދާގެ އަނެއް ފަރާތްވެސް ބަލާލަމާ ހިނގާށެވެ. ސޯޝަލް މީޑިއާގެ މި ސަގާފަތުގެ ތެރެއިން އަހަރެމެން އެންމެންގެ ގުޅުންތައް މެސްޖެތަކަށް ބަދަލުވެފައިވާ މިދުނިޔޭގައި މިފަދަ އެޕްލިކޭޝަންތަކުން އަހަރެމެންގެ އުޅުމާއި ގުޅުމަށް ނޭދެވޭ އަސަރުތައްވެސް ކުރެއެވެ. އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވެނީ އިޖްތިމާއީ އަޅާކިޔުމެވެ. އެހެން މުޖްތަމައުތަކާއި އަޅާ ކިޔުމެވެ. އެހެން އާއިލާތަކާއި އަޅާކިޔުމެވެ. އެހެން މީހުންނާއި އަޅާކިޔުމެވެ. މި ވިސްނުންތަކުން އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ސެލްފް އެސްޓީމް ދަށްވެގެން ދިއުމެވެ. މީގެއިތުރުން ސައިބަރ ބުލީއިންއެވެ. ގަނާކުރުމުގެ މި އާދަ އަހަރެމެންގެ ދިރިއުޅުންތަކުން އިންޓަނެޓަށް ވެސް މިވަނީ ގޮސްފައެވެ. އެހެން މީހުންގެ ދިރިއުޅުމާއި އިހްތިޔާރުތަކަށް ގޮތްކިޔާ އުނދަގޫކުރުމަކީ އިންސްޓަގްރާމްގައިވެސް އާންމުކަމަކަށް މިވަނީ ވެފައެވެ. ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބުރޫއަރާ ދެވިހިފާ ތަބީއަތުގެ އެޕްލިކޭޝަންއަކާއި އެކު އަހަރެމެންގެ އަމިއްލަވަންތަކަމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް އިންސްޓަގްރާމްގައިވެސް އެބަހުއްޓެވެ.
ތަފާތު ދެފަރާތެއްގެ މައްޗަށް ބެހިފައިވާ އިންސްޓަގްރާމްގެ ދުނިޔޭގެ ގުޅުންތަކާއި އަމިއްލަ ހިޔާލާއި މަސައްކަތް ކުރިއެރުވުމާއި ވިޔަފާރިތަކުން ފައިދާ ލިބިގަތުމަށް ރަނގަޅުގޮތުގައި މިއެޕްލިކޭޝަން ބޭނުންކުރުން ވަރަށް މުހިންމެވެ. އެޕްލިކޭޝަންގެ ހުރި ފުރުސަތުތައް ދެނެގަނެ އޭގެ ބޭނުން އެދެވޭގޮތުގައި ހިފުމަށްޓަކައި ވިސްނުންތެރިކަމާއިއެކު އެޕްލިކޭޝަން ބޭނުންކުރުމަށާއި ހެޔޮ އޮންލައިން ކޮމިއުނިޓީއެއް ބިނާ ކުރުމަށް އަމިއްލަ ނަފްސަށާއި ގާތުގައިވާ މީހުންނަށް އިލްތިމާސްކުރާށެވެ. މީގެއިތުރުން މިފަދަ އެޕްލިކޭޝަން އެއްގައި ދިމާވެދާނެ އުނދަގޫތަކާއި ކުރިމަތިލުމާއި މެނޭޖްކުރުންވެސް ވަރަށް މުހިންމެވެ. އިންސްޓަރގްރާމްގެ ފައިދާތައް ލިބި، ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށް، މިއަދުގެ ޒަމާނުގައި މާނަހުރި ޑިޖިޓަލް ގުޅުންތައް އާލާކުރެވޭނީ މިގޮތަށެވެ.