-Advertisement-

-Advertisement-

އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުން ފެން ކެނޑޭ މައްސަލަ ޙައްލުކޮށްފި

އައްޑޫ ސިޓީގެ ރަށްތަކުން ފެން ކެނޑޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ/ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ދޭތެރެއަކުން ފެން ކެނޑުމުގެ މައްސަލައަށް މިހާރު ޙައްލު ގެނެވިފައިވާކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ދޭތެރެ ދޭތެރެއިން އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ޚިދުމަތް ކެނޑި މި ފާއިތުވި ހަފްތާގައިވެސް އެ މައްސަލަ ދިމާވެފައި ވަނިކޮށް އެކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު އެ ނިޒާމުގެ ޚިދުމަތް އައްޑު ސިޓީގައި ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، އައްޑޫ ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކުރުމަށް ގެންދިޔަ ޕަމްޕް މިހާރު އިންސްޓޯލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ޕަންޕް ހަރުކުރުމަށްފަހު، އެ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އައްޑޫ ސިޓީ އިން ފެނުގެ ހިދުމަތް ދޭތެރެދޭތެރެއިން މެދުކެނޑެން ފެށީ މިދިޔަ ރޯދަ މަހުން ފެށިގެންނެވެ. މިމައްސަލައިގައި އައްޑޫ ސިޓީ ކައުންސިލުން ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އައްޑޫއަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 6 މިލިއަން ރުފިޔާގެ މަޝްރޫޢެއް ސަރުކާރުން މިދިޔަ އޭޕްރީލް 13 ވަނަ ދުވަހު ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-