-Advertisement-

-Advertisement-

ރައީސް މިއަދު އިންޑިޔާއަށް ވަޑައިގަންނަވަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދެއްވި ދައުވަތުގެ ފަތްކޮޅާއި ހަވާލުވެ ވަޑައިގަތުން - ފޮޓޯ/ ރައީސް އޮފީސް

3 ވަނަ ދައުރަކަށް އިންޑިޔާގެ ބޮޑު ވަޒީރުކަމަށް އިންތިޚާބު ވެވަޑައިގެން އެ ޤައުމުގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ މަޤާމުގެ ހުވާ ކުރެއްވުމުގެ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު އިންޑިޔާއަށް ފުރައިވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިކަމާއި ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ރައީސް މިއަދުގެ ވަގުތެއްގައި އިންޑިޔާއަށް ފުރައިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑރ. މުހައްމަދު ޝަފީގުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ސިޓީފުޅަކުން ރައީސް ޑރ މުޢިއްޒަށް ދަޢުވަތު އަރުއްވައިފައެވެ.

އެ ސިޓީފުޅު ރައީސަށް އެރުއްވީ، ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހަޔާ ކޮމިޝަނާ މުނު މަހާވާރެވެ.

އެގޮތުން އެ ސިޓީފުޅާއި ހަވާލުވެވަޑައިގެން ރައީސް ވަނީ، އިންޑިޔާގެ ބޮޑުވަޒީރު މޯދީ ދެއްވި ދަޢުވަތު ޤަބޫލުކުރައްވައިފއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މިއީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-