-Advertisement-

-Advertisement-

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް! ޗައިނާއިން އެކަނި 1 ލައްކަ ފަތުރުވެރިން!

ފަތުރުވެރިންތަކެއް ހުއްޓިލައިގެން --

އަހަރުގެ މިހާތަނަށް ރަޢްޖެއަށް ޒިޔާރަރްކުރި ފަތުރުވެރިންގެ އަދަދު ނުވަލައްކައިން މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، 907،066 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅައި ބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ، 825،239 ފަތުރުވެރިންނެވެ.

އެގޮތުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން އެކަނިވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ އަހަރުގެ މިހާތަނަށް ރައްޖެ ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިން އައި ގައުމުތަކާއި އަދަދު

ޗައިނާ – 102,706

ރަޝިއާ – 91,911

އިނގިރޭސިން – 86,083

އިޓަލީ – 75,731

ޖަރުމަނު – 73,357

އިންޑިއާ – 54,786

ފްރާންސް – 32,455

ޔޫއެސްއޭ – 32,049

ސްވިޒަލޭންޑް – 21,528

ޕޮލެންޑް – 17,502

މިހާރު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު އަންނަނީ 5,815 ފަތުރުވެރިންނެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 7-8 ދުވަހު މަޑުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-