-Advertisement-

-Advertisement-

އުގޫފާރުން ކަރަންޓްގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލް

އުނގޫފާރުގައި ފެންގަނޑެއްތެރެއަށް އެރި އުޅުނު ކުޑަކުދިންތަކަށް ކަރަންޓު ޖެހި އެ ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި ކަރަންޓްގައި ޖެހި ހާލު ސީރިއަސްވެ ފަރުވާދެމުން އައި ޒުވާނާ ނިޔާވެއްޖެއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި މި ހާދިސާގައި ކަރަންޓްގައި ޖެހިފައި ވަނީ 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 8  އަހަރުގެ ފިރިހެން ކުއްޖެކެވެ.

މި ދެކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަނިޔާވެ ހާލު ސީރިޔަސްވެފައިވަނީ 18 އަހަރުގެ ޒުވާނެކެވެ.

މި ހާދިސާގައި އެ ޒުވާނާގެ ހާލު ސީރިޔަސްވެ ފަހުން ފަހުން ވަނީ މާލެ ގެނެސް އައިޖީއެމްއެޗް ގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފައެވެ.

އެ ޒުވާނާ ނިޔަވެފައިވަނީ، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ ރ. އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް، 18 އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ.

މި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވަނީ އެތެރެ ހައްޓަށެވެ. ބޭރު ފުށުން ލިބިފައިވަނީ ހަމައެކަނި ވެއްޓުމުން ލިބިފައިވާ އަނިޔާތަކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-