-Advertisement-

-Advertisement-

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާވެސް އުފުލެނީ

މި އަހަރު ފެށުނު އިރު ޑޮލަރުގެ އަގު ހުރީ 17.70 ރުފިޔާއާއި 18 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި. ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ ކަޅު ބާޒާރުގައު ޑޮލަރުގެ ރޭޓުތައް އަނެއްކާވެސް އުފުލެން ފަށައިފިއެވެ.

އެގޮތުން ކަޅު ބާޒާރުގައި ދިވެހި ފައިސާއަށް ޑޮލަރު ވިއްކާ އަގުތައް މިވަގުތު އުޅެނީ، 17.70 އާއި 18 ރުފިޔާއާއި ދެމެދުގައެވެ.

އެގޮތުން ޑޮލަރުގެ އަގު އުފުލެން ފަށައިފައި މިވަނީ، މިދުވަސްވަރަކީ ޙައްޖަށްދާ މީހުނާއި ޗުއްޓީއަށްދާ މީހުން ގިނަ އަދަދަކަށް ޑިލަރު ގަންނަ ދުވަސްވަރެކަމުން ކަމުގައި ޑޮލަރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެއެވެ.

މި އަހަރު ފެށުނުއިރު ވެސް، ޑޮލަރުގެ އަގުތައް ކަޅު ބާޒާރުގައި ހުރީ 18 ރުފިޔާގައެވެ.

އެގޮތުން ސަރުކާރުގެ އަމާޒަކީ  ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، އޭރު ވަނީ ވިދާޅުވެފައެވެ.

ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އޭޓީއެމް ނުވަތަ ބްރާންޗް މެދުވެރިކޮށް ނެގޭނީ 1،600 ޑޮލަރުކަމުގައި ގައުމީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކަނޑައަޅައިފައެވެ.

އެހެންވެ، އެއަށްވުރެ އިތުރަށް ޑޮލަރު ބޭނުންވާ ވިޔަފާރިވެރިން ނުވަތަ ދަތުރުވެރިން، ޑޮލަރު ހޯދުމުގައި އެހެން ބައެއް ގޮތްތައް ބޭނުން ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-