-Advertisement-

-Advertisement-

ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު

ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީގެ ގޯތި ތެރޭގައި ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ރ.ރަސްގެތީމު، އޯކިޑްވިލާ، މުހައްމަދު ޖިނާހު އެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަމުން ކޯޓު އަމުރުގައި ބުނެފައިވަނީ ފުލުހުން ސީނަށް ދިޔަ ހާދިސާ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުގައި ބުނާގޮތުން އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭ ހުރި ނަރުތައް ވަގަށް ނަގަން އޭނާ އުޅުނުކަމުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭކަމަށާއި އޭނާއަކީ މި ފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ވައްކަމުގެ ކުށްދަނީ ދުވަހަކަށް ފަހު ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމުގެ 3800 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މެއި މަހު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-