-Advertisement-

-Advertisement-

ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިންރަށެއްގެ ވޯޓުލުމުގެ ގަޑިއާއި ތާރީހު ބަދަލުވެއްޖެ

ބައި އިލެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިންރަށެއްގެ ވޯޓުލުމުގެ ގަޑިއާއި ތާރީހު ބަދަލުވެއްޖެއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި ތާރީހަށް ބަދަލު އައި ތިން ރަށަކީ ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި މިބަދަލު ގެންނަން ޖެހުނީ މިރަށްތަކުގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޙްއަކީ މިއަހަރުގެ އަރަފާތު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމާއި ގުޅިގެން ކަމަށެވެ. އަދި އެހެންކަމުން މިތިން ރަށުގެ ބައި-އިލެކްޝަން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް ވެސް އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ވޯޓު ގުނަން ފަށާނީ ވޯޓު ލާނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށްފަހު ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ. އަދި ޖޫން 23 ވަނަ ދުވަހު ރަސްމީ ނަތީޖާ އިޢުލާން ކުރެވިގެންދާނޭކަމަށްވެސް އެކޮމިޝަނުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-