ޔޫރޯ 2024 އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އެކުވެރިކަމުގެ މެޗުން އިނގިރޭސި ގައުމީ ޓީމު އައިސްލޭންޑް އަތުން 1-0 އިން ބަލިވިއިރު, ރޮނާލްޑޯ ބާކީކޮށް ކުޅުނު ޕޯޗުގަލް ޓީމުވެސް ކޮރޭޝިއާ އަތުން ބަލިވެއްޖެއެވެ.
2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުންވެސް އިންގްލެންޑް ކަޓުވާލި އައިސްލޭންޑް ޓީމުން މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ލީޑުނަގައި, ބާކީ އޮތް ވަގުތުގައި ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައިވެއެވެ. މި ނަތީއްޖާއާއި އެކު އިންގްލެންޑްގެ ޓީމު ވަނީ މުބާރާތުގެ ކުރިން ޓީމު ތައްޔާރުތޯ ސުވާލު އުފައްދަން ޖެހި އިތުރު ހާސްކަމަކާއި ކުރިމަތިލާންޖެހިފައެވެ.
މީގެ އިތުރުން, ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅެން ނުކުތް ޕޯޗުގަލްގެ ޓީމުވަނީ ކޮރޭޝިއާ އަތުން ބަލިވެފައިނީ 2-1 ގެ ނަތީއްޖާއަކުންނެވެ. ކުރީގެ ބެލްޖިއަމް ކޯޗް ރޮބާޓޯ މާޓިނޭޒްގެ ކޯޗު ކަމުގެ ދަށުން ނުކުންނަ ޕޯޗުގަލް ޓީމުން މި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވެއެވެ.
ޔޫރޯ 2024 މުބާރާތް ފެށެން ހަމަޖެހިފައިވަނީ ޖޫން 14 ވަނަ ދުވަހު ޖަރުމަން ވިލާތުގައެވެ.