-Advertisement-

-Advertisement-

ގިނަގިނައިން ކާންވީ ހުތް މޭވާ

ހުތް މޭވާ އާއި މިމޭވާތަކުން ހެދޭ ތަފާތު އެކި ކާއެއްޗިއްސަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު ކާއެއްޗިއްސެވެ. ޝައުޤުވެރިކަމަކީ ހުތް މޭވާތަކުގެ ނިސްބަތުން ބަލާއިރު މިމޭވާތަކުގެ ތިންބައިކުޅަ އެއްބައި ބޭނުންކުރެވެނީ ފަނިގިރުމަށް ކަމަށްވުމެވެ. އެކަމަކު މިއީ ކޮންމެ ކަހަލަ މޭވާއަކަށް ވީނަމަވެސްއެހާ ރަނގަޅު އާދައެއް ނޫނެވެ. އެއީ މޭވާތަކުން ލިބޭ ހުރިހާ ފައިދާތައް ގިރާލެވޭ ފަނި ޖަގުން ލިބުމަކީ ނާދިރުކަމަކަށް ވާތީއެވެ.  މިލިޔުމުގައި މި ބަލާލަނީ ހުތް މޭވާ ކެއުމުން ހަށިގަނޑަށް ލިބިގެންދާ ފައިދާތަކަށެވެ.

1. ވިޓަމިންސްގެ ބާވަތްތައް ހިމެނުން
ހުތް މޭވާތަކަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިންގެ މާއްދާތައް އެކުލެވޭ މޭވާތަކެވެ. މި މާއްދާތަކުގެ ސަބަބުން އަހަރެމެންގެ ދިފާއީ ނިޒާމް ވަރުގަދަވެ އަދި ޙާއްސަކޮށް އަހަރެމެންގެ ހަންގަނޑަށް މިމާއްދާއިން ނުހަނު ގިނަ ފައިދާ ލިބިގެންދެއެވެ. މިސާލަކަށް ހުތް މޭވާތަކުގެ ތެރޭގައި ހިމެނޭ އޮރެންޖްގައި ދުވާލެއްގެ މައްޗަށް އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ.

2. ގިނަ އަދަދަކަށް ފައިބަރ އެކުލެވިގެންވުން
މި މޭވާތަކަކީ އަހަރެމެންގެ ހަށިގަނޑަށް މުހިންމު މާއްދާއެއްކަމަށްވާ ފައިބަރ ގިނަ އަދަދަކަށް އެކުލެވޭ މޭވާތަކެވެ. މި މާއްދާ އަކީ މީހާގެ ބަރުދަން ލުއިކުރުމުގައި އެހީތެރިވެދޭ އަދި ހަޖަމްކުރުމުގެ ނިޒާމަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. އަދި ބައެއް ހުތް މޭވާތަކުގައި ހިމެނޭ ފައިބަރ ބެލެވެނީ ސޮލިޔުބަލް ފައިބަރ ކަމަށެވެ. މި ފައިބަރގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދެއެވެ.

3. ކެލޮރީގެ މިންވަރު ދަށްވުން
ޙާއްސަކޮށް ބަރުދަނަށް ބަލާ ފަރާތެއްނަމަ ހުތް މޭވާތަކަކީ ކާލުން ރަނގަޅު އެއްޗަކަށް ވާނެއެވެ. އެއީ މި މޭވާތަކުގައި ކެލޮރީ ހިމެނޭ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. އެހެންކަމުން ޑައިޓް ކުރާ ފަރާތެއްނަމަ، މިއީ ކެއުމުގައި ހިމަނާލުމަށް ރަނގަޅު އެއްޗަކަށް ވާނެއެވެ. 2015ގައި 24 އަހަރުގެ މުއްދަތަކަށް މީހުންގެ ކެއުމާއި ބަރުދަނަށް ބަލައިގެން ހެދިފައިވާ ދިރާސާއަކުން ދައްކާގޮތުގައި ހުތް މޭވާ ކެއުމުގައި ހިމަނާފައިވާ ފަރާތްތަކުގެ ބަރުދަން ވަނީ ލުއިވެފައެވެ.

4. ކިޑްނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުން
ކިޑްނީގައި ހިލަ އުފެދުމަށް ދިމާވާ އެއް ސަބަބަކީ ކުޑަކަމުދާ ތަކެތީގައި ސައިރޭޓް ހިމެނޭ މިންވަރު މަދުވުމެވެ. އޭގެ ސަބަބުން ކިޑްނީގައި އުފެދޭ މިނަރަލް ކްރިސްޓަލް އަށް އަހަރުމެން ކިޔަނީ ކިޑްނީގައި ހިލަ އުފެދުމެވެ. ހުތް މޭވާ ތަކަކީ އޭގެ ސަބަބުން ކުޑަކަމުދާ ތަކެތީގައި  ސައިރޭޓް ހިމެނޭ މިންވަރު މަތިކޮށްދޭ އެއްޗެކެވެ. އޭގެ ސަބަބުން މިފަދަ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.

ހުތް މޭވާ ކެއުމުގެ ފައިދާ ވަރަށް ގިނައެވެ. އެއީ ނިއުޓްރިޝަން ގިނަ އަދި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސިކުނޑީގެ ޑިސްފަންކްޝަންގެ އިތުރުން ކިޑްނީގައި ހިލަ އުފެދުން ފަދަ ގިނަ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިއީ ސިއްޙަތަށް ފައިދާހުރި އަދި ކެއުމަށް ފަސޭހަ އަދި މިފަދަ މޭވާ ކެއުމުގައި އިތުރުކުރުމުން ގިނަ މީހުންނަށް ފައިދާ ކުރާނެ އެއްޗެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-