-Advertisement-

-Advertisement-

ސާފް ޗެމްޕިއަންޝިޕް 2024 ގެ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފި

ފޮޓޯ: އެފްއޭއެމް

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ޓީމުތައް ގުރޫޕް ކުރުމަށް ބާއްވާ ގުރުއަތުލުން އިއްޔެ ބާއްވައިފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ އަންހެން ޓީމުތަކުގެ މެޗުތައް މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. މީގެ އިތުރުން ސާފް 17 އަހަރުން ދަށުގެ މުބާރާތް، ބޫޓާންގައި ސެޕްޓެމްބަރު މަހު ބާއްވަން ތާވަލުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އަންހެން ޓީމު މި މުބާރާތުގައި ކުޅޭނީ ނޭޕާލާ އެއް ގްރޫޕެއްގައެވެ. މީގެ އިތުރުން ރާއްޖޭގެ 17 އަހަރުން ދަށުގެ ފިރިހެން ޓީމާއި 20 އަހަރުން ދަށުގެ ޓީމު މި މުބާރާތުގައި ވާދަ ކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާއާއެވެ.

އަންހެން ޓީމުތަކުގެ މެޗުތައް ފެށޭނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ މަހުގެ 30ގެ ނިޔަލަށް މުބާރާތް ކުރިއަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.

ޖުމްލަ 7 ޓީމަކުން އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާނެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ޕާކިސްތާނެވެ. މި ފަހަރުގެ ގުރޫޕްތައް ބެހިފައި ހުރި ގޮތަށް ބަލާލާ އިރު ގްރޫޕް އޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްކަން ފާހަގަކޮށްލެވެއެވެ. އަދި ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ހޯސްޓް ނޭޕާލް ހިމެނޭ އިރު، ދެން ހިމެނެނީ ލަންކާއާއި ބޫޓާނެވެ.

17 އަހަރުން ދަށުގެ ފިރިހެން މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝާއާ އެކީގައެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ވެސް މި އަހަރު އޮންނާނީ ނޭޕާލުގައެވެ. އެއީ އޮގަސްޓް 16އިން 28އަށެވެ. އެ މުބާރާތުގެ ގްރޫޕް އޭގައި ނޭޕާލާއި ބަންގްލަދޭޝް، ޕާކިސްތާން އަދި ސްރީ ލަންކާ ހިމެނޭ އިރު، ގްރޫޕް ބީގައި އިންޑިއާއާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބޫޓާނެވެ.

މިހާތަނަށް ރާއްޖޭގެ އަންހެން ޓީމަށް މުބާރާތުގައި އެންމެ ކާމިޔާބު މުބާރާތަކީ 2016 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރު ރާއްޖެއިން ލަންކާއާއި ބޫޓާން ބަލިކޮށް، ސެމީގައި ކުޅުނެވެ. ސެމީގައި ބަލިވީ ބަންގަލަދޭޝް އަތުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-