-Advertisement-

-Advertisement-

ވޯލްޑް ކަޕް 2026 ގައި މެސީ ފެނިދާނެކަމުގެ އިޝާރާތްތަކެއް

ލިއޮނެލް މެސީ

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެނިދާނެކަމުގެ އިޝާރާތެއް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދީފިއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް އާޖެންޓީނާ ކާމިޔާބު ކުރީ މެސީއާ އެކުއެވެ. ކުރިއަށް އޮތް ކޮޕާ އެމެރިކާއިން ވެސް އޭނާ ފެންނާނެއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައި މެސީ ބުނެފައި ވަނީ އެއީ ހުވަފެނީ ތަށްޓެއް ކަމަށާއި ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި އާޖެންޓީނާއަށް އަދި ކުޅެން ބޭނުންވާކަމަށެވެ. އެހެން ނަމަވެސް، އޭގެ ފަހުން އޭނާ ބުނެފައި ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފެންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ފަހުން މެސީ ބުނެފައި ވަނީ ގޮތެއް ނިންމަން އެނގޭނީ އެ ހިސާބަށް ދާއިރު، ހާލަތު ހުންނަ ގޮތަކުން ކަމަށެވެ.

މެސީ ބުނީ މިހާރު އޭނާ ހުރި ފެންވަރުގައި ކުޅުން ދެމެހެއްޓިއްޖެ ނަމަ، ގައުމީ ޓީމާއެކު ކުރިއަށްދާން އަދިވެސް ތައްޔާރަށް ހުރިކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-