-Advertisement-

-Advertisement-

3 ބައި އިލެކްޝަންގައި އަލުން ރީ ރެޖިސްޓަރވާން ހުޅުވާލައިފި

ރިޔާސީ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން (2023) – ފޮޓޯ: ނިއުސްލެބް

ވޯޓުލާ ތާރީޚާއި ގަޑިއަށް ބަދަލުގެނައި 3 ބައި އިލެކްޝަންގައި އަލުން ރީ ރެޖިސްޓަރވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގޮތުން ވޯޓުލުމުގެ ތާރީޚަށް ބަދަލު ގެނެވުނު ތިން ބައި އިލެކްޝަނަކީ، ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ލ. ގަމު ކައުންސިލްގެ މެންބަރު އަދި މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތަކެވެ.

އެގޮތުން މި ބައި އިލެކްޝަންތަކުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކަށް  ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ އިތުރު ފުރުޞަތެއް 2024 ޖޫން 9 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރުފަހު 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންތިޚާބުގައި ރަޖިސްޓަރީ ވާނީ ދ. ކުޑަހުވަދޫ، މ. މުލައް އަދި ލ. ގަމުގެ ރައްޔިތުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ދ. ކުޑަހުވަދޫ ކައުންސިލް ރައީސް، މ. މުލައް އަދި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ރަޖިސްޓަރީ ވެފައިވާނީ މާލެގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލެ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަށް ވާނީ އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައި ކަމަށް

އިންތިޚާބުގެ ރީ-ރަޖިސްޓަރޭޝަންއަށް ކުރިން ހުޅުވާލި ފުރުޞަތުގައި ރީ-ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ކުރަން ޖެހޭނީ ވޯޓުލާން މިހާރު ރަޖިސްޓަރީ ވެފައިވާތަން ނޫން ތަނަކަށް ވޯޓު ލާން ބޭނުންވާނަމައެވެ. އެހެންކަމުން ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު (VR space ID-Number Send to 1414) އެސްއެމްއެސް މެދުވެރިކޮށް ބެލޭނެއެވެ. ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށްށެވެ.

ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.

ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.

ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2024 ޖޫން 9 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން 15:00 ގެ ނިޔަލަށެވެ. އަދި ފޯމު ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލްގެ ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-