-Advertisement-

-Advertisement-

ފަސްޓް ލޭޑީ ސާޖިދާގެ ދޮން ބައްޕާފުޅު އަވަހާރަވެއްޖެ

މެޑަމް ސާޖިދާގެ ދޮން ބައްޕާފުޅު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮން ބައްޕާފުޅު އަލީ އިބްރާހީމް އަވަހާރަވެއްޖެއެވެ.

މެޑަމް ސާޖިދާގެ ދޮންބައްޕާފުޅަކީ، ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ)އެވެ.

އުމުރުފުޅުން 78 އަހަރުގައި މެޑަމްގެ ދޮންބައްޕާފުޅު އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

އަލީ އިބްރާހިމްގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގައެވެ.

ރައީސް މުއިއްޒު ވަނީ ދޮން އަލިބެގެ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެ ދިނުމަށް އެދިވަޑައިގެންފައެވެ.

މެޑަމް ސާޖިދާގެ ދޮންބައްޕާފުޅު އަވަހާރަވުމުން ސަރުކާރުގެ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-