-Advertisement-

-Advertisement-

މިޔަރުގެ މައްސަލަތައް ހަލުކުރުމުގެ މައްސަކަތްތައް ދަނީ ކުރެވެމުން: މިނިސްޓަރ ޝިޔާމް

ފޮޓޯ: ޕީއެސްއެމްނިއުސް - މިދިޔަ އަހަރު ނޮވެމްބަރު މަހު މަސްވެރިންނަށް 1.6 މިލިއަން ޑޮލަރު މިފްކޯއިން ދެއްކުމާ ގުޅިގެން ޝިޔާމް ޕީއެސްއެމަށް ދެއްވި އިންޓަވިއުގެ ތެރެއިން

މިޔަރުގެ ސަބަބުން ދިމާވަމުން އަންނަ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނަކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކަނޑުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަކަށްފަހު، ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ތުރުވެރިން ޝައުގުވެރިކުރުމަށްޓަކައި ރިސޯޓުތަކުގައި ފަޅުތެރޭގައާއި ފަޅުން ބޭރުގައި މިޔަރަށް ކާންދޭ ކަމާއި، މަސް ޕްރޮސެސް ކުރާ ފެސިލިޓީ ތަކުން އުކާލެވޭ ތަކެއްޗާއި ރަށްރަށުން އުކާލެވޭ ކާބޯތަކެއްޗާއި، ވަކިން ހާއްސަކޮށް މަހުގެ ބައިތައް މޫދަށް އުކާލުމުން އެ ސަރަހައްދުތަކުގައި މަސްމަހާމެހި ގިނަވެ އެސަރަހައްދު ތަކުން އާދަޔާ ހިލާފަށް މިޔަރު ވެސް ގިނައިން ފެންނަ ކަމަށެވެ.

އެގޮތުން މިޔަރުގެ އާބާދީ އިތުރުވުމުގެ ސަބަބުން އެކަމުގެ އުނދަގޫ މަސްވެރިންނަށް ދިމާވުމާއެކު މިޔަރުގެ ސަބަބުން ތަފާތު އެކި ހިތާމެވެރި ހާދިސާތައް ހިނގަމުން އަންނަކަން ފާގަގަކުރައްވައި ވަޒީރު ވިދާޅުވީ، މަސްވެރިންގެ ފަރާތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ މިޔަރާ ދޭތެރޭގައި ސަރުކާރުން ގޮތްތަކެއް ނިންމުން ކަމަށެވެ.

ވުމާއެކު މިޔަރުގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެކަމާއި ގުޅިގެން ކުރެވެން ހުރި ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ ހަފްތާތެރޭގައި، ލ. ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމާގުޅިގެން ލިބުނު އަނިޔާތަކުގެ ސަބަބުން ސިފައިންގެ އޮފިސަރެއް ވަނީ ނިޔާވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-