ޓްރާންސް މޯލްޑިވިއިން އެއާރވޭޒްގެ ސީޕްލޭންއެއް ޖައްސަން އުޅުމުގެ ތެރޭގައި ކަނދު ނެއްޓި އެކްސިޑެންޓްއެއް ވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވާނީ ވެސްޓް އިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޯޓު އެކްސިޑެންޓްގެ ބޯޓުގެ އެއް ކަނދު ނެއްޓިފައިވާއިރު، މިހާރު ދަނީ ބޯޓު ދިޔަވާތީ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ބ. އަތޮޅު ރިސޯޓަކަށް މިއަދު ސީޕްލޭންއެއް ޖައްސަން އުޅުމުގެ ތެރޭގައި ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މިހާދިސާގައި އެއްވެސް މީހާކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.