-Advertisement-

-Advertisement-

ދަށު ކޯޓުގެ ގަޟީއިން ވެސް ޝަރީއަތުގައި މަޖިލީހުގައި ގައުން ލާންޖޭހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ފޮޓޯ: ރާއްޖެ.އެމްވީ

ދަށު ކޯޓުގެ ގަޟީއިން ވެސް ޝަރީއަތުގައި މަޖިލީހުގައި ގައުން ލާންޖޭހޭނެ ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ގަވާއިދުގައި ކަނޑައަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީޢަތް ކުރާއިރު ތިބެން ޖެހޭނީ ގައުން ލައިގެން ކަމަށާއި

އެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގައި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑީޖޭއޭއިން ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށެވެ.

ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލަނީ ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނެވެ. ދަށު ކޯޓުގެ ގާޟީން މިހާރު ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-