-Advertisement-

-Advertisement-

އައްޑޫ ހިތަދޫ މަގެއްގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ހިތަދޫ މަގެއްގައި ޕާކުކޮށްފައި ހުރި ބާ ކާރުތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއފުން ބުނެފައިވާ ގޮތުގައި ހިތަދޫ އުސްގަނޑު ސަރަހައްދުގައި އޮތް ބާ ކާރުތަކެއްގައި ރޯވި ކަމުގެ ހަބަރު ިއަދު 7:30 ހާއިރު ލިބުނު ކަމަށާއި މިޚަބަރު ލިބުމާއިއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވެ، 8:00 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އަދި މިމައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާގައި އަނދާފައިވާ ކާރުތަކުގެ ބައެއް ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ފޮތޯތަކުން ފެންނަނީ އެ ކާރުތައް ވަރަށް ބޮޑަށް އަނދާފައިވާ ތަނެވެ. އަދި އެ ސަރަހައްދުގައި އޮތް ތިން ކާރެއްގެ އިތުރުން އެ ސަރަހައްދުގައި ހުރި ގަސްތަކަށް އަލިފާނުގެ އަސަރުކޮށްފައިވާތަން ފެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-