-Advertisement-

-Advertisement-

އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް ސަރަހައްދު ވަކި ވަގުތަކަށް ބަންދު ކުރަން ނިންމައިފި

ފޮޓޯ: ހުރިހާ ނޫސް

އަންނަ ހޮނިހިރު ދުވަހު ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދު ވަކި ވަގުތަކަށް ބަންދު ކުރަން ނިންމައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ބޭނުމަކަށް ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދު 15 ޖޫން 2024 (ހޮނިހިރު) ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 14:00 އަށް ބަންދު ވާނެ ކަމަށެވެ.

އެޗްޑީސީއިން ވަނީ މި ގަޑިތަނުގައި އެ ސަރަހައްދުގައި ޖެޓް ސްކީ ކުރުމާއި މޫދަށް އެރި އުޅުމުގެ އިތުރުން ޑިންގީ ހުރަސްކުރުން ނުވަތަ ޑީންގީ އެ ސަރަހައްދަށް ވަނުމަކީ މަނާ ކަމެއް ކަމަށާއި މި ޗެނަލް ބަންދު ކުރަނީ އާންމުންނަށާއި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެފައެވެ.

ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދު ބަންދު ކުރަނީ ކޮން މަސައްކަތެއް ކުރަން ކަމެއް އެޗްޑީސީން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދަކީ ގިނަ ބަޔަކު މޫދު އެރުމުގެ އިތުރުން ޑިންގީ ވެސް ދަތުރު ކުރާ ސަރަހައްދެއްކަމުން އެޗްޑީސީން ވަނީ މިކަންކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-