-Advertisement-

-Advertisement-

ބައިންއަޤްވާމީ ޖަމިއްޔާ އެގްމޮންޓް ގްރޫޕްގެ މެންބަރުކަން ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިއްޖެ

އެމްއެމްއޭ ބިލްޑިންގް -- ފޮޓޯ: އަވަސް

އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް (އެގްމޮންޓް ގްރޫޕް) ގެ މެންބަރުކަން ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިއްޖެއެވެ.

އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް (އެގްމޮންޓް ގްރޫޕް) އަކީ މާލީ ކުށްތަކާބެހޭ މައުލޫމާތު ދޭދޭ ގައުމުތަކުގެ މެދުގައި ހަރުދަނާކަމާއި، ރައްކާތެރިކަމާއި އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވޯކެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެކެވެ.

މި މަހުގެ 2 ވަމަ ދުވަހުން ފެށިގެން ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އެގްމޮންޓް ގުރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެ އަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓުގެ މެންބަރެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެގްމޮންޓް ގުރޫޕްގެ މެންބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރުގައި ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ދިވެހިރާއްޖެ އެގްމޮންޓުގެ މެމްބަރަކަށް ހެދުމުގައި ރާއްޖެއަށް އެހީތެރިވުމަށްޓަކައި ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ސްޕޮންސަރުންގެ ގޮތުގައި މަސައްކަތްކޮށްދީފައިވެއެވެ.

ދިވެހިރާއްޖެ އެގްމޮންޓް ގްރޫޕްގެ މެންބަރަކަށްވުމާއިއެކު، ދިވެހިރާއްޖެއަށް އެ ގްރޫޕުގެ މެންބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން، ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އަދި އެގްމޮންޓް ގްރޫޕުގެ ތަފާތު މުހިއްމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެގްމޮންޓް ގްރޫޕުގެ މެންބަރުކަން ލިބުމަކީ، އެމްއެމްއޭ އަދި ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-