ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުޙައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕެއިނަށް ލިބުނު ފައިސާއިން ބާކީވި ފައިސާ ޓައިނީ ހާޓްސްއަށް ހަދިޔާ ކުރައްވައިފިއެވެ.
މިދިޔަ އޭޕްރީލް މަހު އޮތް އިންތިހާބުގެ ކެމްޕެއިން ކުޑޫ ކާމިޔާބު ކުރެއްވީ އާންމުންނާއި ސަޕޯޓަރުންގެ އެހީގައި ކްރައުޑް ފަންޑިން ހޯއްދަވައިގެންނެވެ. އެ ފައިސާ އޮޑިޓްކޮށް އަދި ކެމްޕެއިނަށް ފަހު ބާކީ ފައިސާ ހުރި ނަމަ ހަދިޔާކުރައްވާނެ ކަމަށް ކުޑޫ ވަނީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައެވެ.
އެގޮތުން އެ ވައުދު ފުރިހަމަ ކުރެއްވުމަށް ފަހު ކުޑޫ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕެއިނަށް ކުރި ހަރަދު އޮޑިޓްކުރުމަށް ފަހު ބާކީ ހުރި ފައިސާ ޓައިނީހާޓްސްއަށް ހަދިޔާ ކުރައްވާފައިވާކަމަށެވެ. އެއީ 19،8861 ރުފިޔާގެ ހަދިޔާއެއްކަން ކުޑޫ އާންމު ކުރެއްވި ޕޯސްޓުން ހާމަވެއެވެ.
ޓައިނީ ހާޓްސްއަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ.