-Advertisement-

-Advertisement-

އެސްޓީއޯއިން ހިއްސާ ބެހުން 26 ޖޫނަށް ތާވަލުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ 2023 ވަނަ އަހަރުގެ ހިއްސާ ބެހުމަށް ރެކޯޑް ނެގުން މި މަހުގެ 26އަށް ތާވަލުކޮށްފައިވާކަމަށް އެ ކުންފުނިން އާންމުކޮށްފިއެވެ.

އެސްޓީއޯއިން މި ކަން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ވެސް ހަމަ މި ތާރީޚުގައި ރެކޯޑު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެއެވެ. މި އާމްދަނީ އަކީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާ އިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ. އެސްޓީއޯއިން ހާމަކުރާ ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރި ރަނގަޅުވުމެވެ.

އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފައިކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން ޓެކްސްއަށް ކެނޑުމަށްފަހު މިދިޔަ އަހަރު ޖުމްލަ ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާކަމަށް އެ ކުންފުނިން ވަނީ މި އަހަރުގެ ކުރީ ކޮޅު ހާމަކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 91 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-