-Advertisement-

-Advertisement-

ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވި ދަރިވަރުންގެ ނަންތައް އިއުލާނުކުރުން މާދަމާ!

ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވި ދަރިވަރުންގެ ނަންތައް އިއުލާނުކުރުން މާދަމާ - ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

މަތީ ތަޢުލީމު ޙާސިލްކުރާ ދަރުވަރުންނަށް ސަރުކާރުން ދޫކުރުމަށް ހަމަޖެހިފައިވަ ލޯނަށް އެދި ކުރިމަތިލީ ދަރުވަރުންގެ ތެރެއިން ޝަރުތުހަމަ ދަރުވަރުންގެ ނަންތައް މާދަމާ އިއުލާނުކުރުމަށް ނިންމައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގައި ލޯނަށް އެދި 1709 ފަރާތަކުން ވަނީ ކުރިމަތި ލައިފައެވެ.

އެގޮތުން ލޯނަށް އެދުރު ދަރިވަރުންގެ ތެރެއިން ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް އިއުލާން ކުރާއިރު ހޮވޭ ދަރިވަރުންނަށް އެކަން، މިނިސްޓްރީގެ ޕޯޓަލުން އެކަން އެނގޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ހުށަހަޅާއިފައިވާ އެޕްލިކޭޝަންގެ “ސްޓޭޓަސް” ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުން ވެސް އަންގާނެ ކަމަށާއި ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި އޭގެ ސަބަބު ވެސް މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖައްސާފައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ލޯނާއި ގުޅިގެން އެއްވެސް ސުވާލެއް އުފެދޭނަމަ އެކަން ބަޔާންކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ހުޅުވާލާނެކަމުގައި، އެ މިނިސްޓްރީން ބުނެއެވެ.

އަދި ޝަކުވާ ހުށަހަޅާނީ، މާދަމާ އެ މިނިސްޓްރީން އާންމުކުރާ މެއިލް މެދުވެރިކޮށްކަމުގައި ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާތީ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިއުލާން ކުރި 500 ފުރުސަތަށްވުރެ ގިނަ ވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-