ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ މައްސަލައާކާއި ގުޅިގެން ޑްރަގް ކޯޓަށް ހުށަހެޅައިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ، މި މީހާ ހޯދުމަށް އިއުލާންކޮށްފައިވަނީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ.
މި އަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މ. ލޮނުމިދިލިގެ، ޔުމްނާ ޢަބްދުއްރައްޒާޤު (38އ) އެވެ.
ބަންދުގައި ބަހައްޓައިގެން 2024 ޖޫން 11 ވަނަ ދުވަހުގެ 11:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ޔުމްނާ ޢަބްދުއްރައްޒާޤުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރަތުން ލިބެމުން އަންނަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދަކޮށްފައެވެ.