-Advertisement-

-Advertisement-

އީފާސްގެ ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް އިޒްރޭލް ކުންފުނީގެ ބަދަލުގައި އެހެން ބަޔަކު ހަމަޖައްސަނީ

ފޮޓޯ: އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ

އީފާސްގެ ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް އިޒްރޭލް ކުންފުނީގެ ބަދަލުގައި އެހެން ބަޔަކު ހަމަޖެއްސުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފި އެވެ.

އީފާސްގައި ބޭނުންކުރަމުން އަންނަ ފޭސް ވެރިފިކޭޝަންގެ ހިދުމަތް ދޭ ވެންޑާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ، ފޭސް ވެރިފިކޭޝަންގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާކަމަށް ސަރުކާރުގެ އޮފީސްތަކުގެ އޮންލައިން ޕޯޓަލް އީފާސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އީފާސްގެ ފޭސް ވެރިފިކޭޝަންގެ ހިދުމަތް ދޭން އަލަށް ހަމަޖައްސަނީ ކޮން ކުންފުންޏަކުން ކަމެއް އަދި ހާމަކޮށްފައިނުވާއިރު، މި ވަގުތު އީފާސް ވެރިފައިކުރަން ބޭނުންވާ މީހުންނަށް އީފާސްގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އިން އައިޑީކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރެއް helpdesk@ncit.gov.mv އަށް އީމެއިލްކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް އީފާސް އިން ބުނެފައިވެއެވެ.

މިހިދުމަތް މެދު ކަނޑާލުމުގެ ކުރިން އިޒެރޭލުގެ ކުންފުންޏަކުން އީފާސް ރެކޮގްނިޝަންގެ ފީޗާގެ ހިދުމަތް ދީފައިވާތީވެ ގިނަ ބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. މީގެ ކުރިން މިހިދުމަތް ދީފައިވަނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައި އޮންނަ  ‘ސަމްސަބް’ ނަމަކަށްކިޔާ އިޒްރޭލު ބައެއްގެ ކުންފުންޏެކެވެ.  މިކުންފުނީގެ ސީއީއޯ އަދި ފައުންޑަރުންނަކީ ވެސް އިޒްރޭލަށް ނިސްބަތްވާ މީހުންނެވެ.

އިޒްރޭލުގެ ކުންފުންޏަކަށް މިހިދުމަތް ދިނުމަށް ހަވާލުކުރުމާއި ގުޅިގެން ނޭޝަނަލް ސެންޓާރ ފޯރ އިންފޯރމޭޝަން ޓެކްނޮލޮޖީ އިން ކުރިން ބުނެފައިވާ ގޮތުގައި ސަމްސަބްއާ އެ ހިދުމަތް ދިނުމަށް ހަވާލުކުރީ އެ ކުންފުންޏަކީ އިނގިރޭސިވިލާތުގެ ގާނޫނުގެ ދަށުން ހިންގާ ބަޔަކަށް ވާތީ ކަމަށެވެ. އަދި ފޮޓޯ ފިޔަވާ އެއްވެސް ދިވެއްސެއްގެ ޒާތީ މައުލޫމާތު އެ ކުންފުންޏަށް ނޭނގޭނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-