-Advertisement-

-Advertisement-

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފި

ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓާރ ޝަހީމް އާއިއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެންމެހައި ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އެޑިއުކޭޝަން މިނިސްޓްރު އިސްމާއިލް ޝަފީއުވެސް ވަނީ ހައްޖަށް ފުރާވަޑައިގަންނަވާފައެވެ.

މިއަހަރު ސަރުކާރުގެ ފަރާތުން ހައްޖަށް ފޮނުވާ 150 މީހުން މިއަދު ފުރާފައިވާއިރު މިއަހަރު ރާއްޖެއިން ޖުމްލަ 1150 މީހުން ވަނީ ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް 1،000 ހައްޖު ކޯޓާ ދީފައިވާއިރު ސަރުކާރުން މިކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަން އަށް އެކަނިއެވެ.

ސަރުކާރުން މިފަދައިން ނިންމާފައިވަނީ ވަރަށް ގިނަ ޖަމާއަތްތަކުން ޙައްޖަށް މީހުން ގެއްދިއުމަށް ފައިސާނެގުމަށްފަހު ހައްޖަށް ނުދެވުމުގެ މައްސަލަތަކުގެ އިތުރުން ބިޑް އުސޫލުން ކޯޓާ ނެގުމަށްފަހު، ކޯޓާ ބޮޑު އަގުގައި ވިއްކާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-