-Advertisement-

-Advertisement-

އިމިގްރޭޝަނުން ފަލަސްތީނަށް 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެއް ލައްކަ ރުފިޔާ ހަދިޔާކުރުން. ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިމިގްރޭޝަނުން ފަލަސްތީނުގެ ރައްޔިތުންނަށް މި ފައިސާ ހަދިޔާ ކުރީ އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް ”ކްލަބް އިމިގްރޭޝަން“ ގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދިޔަ ފަންޑް ރެއިޒިން އިނީޝިއޭޓިވްގެ ތެރެއިންނެވެ.

އެ ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާ ހަވާލުކޮށްފައިކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެ ފައިސާ އައިއޭސީއާ ހަވާލުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްއާން ވަހީދެވެ. އެ ކަމަށް ޚާއްޞަކޮށް އިމިގްރޭޝަނުން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޝަމްޢާން ވިދާޅުވީ އިމިގްރޭޝަންގެ މުވައްޒަފުން މަސައްކަތް ކުރަނީ އެއް އާއިލާއެއްގެ ގޮތުގައިކަމަށާއި އެހީތެރިވާންޖެހޭ ކޮންމެ ކަމެއްގައި އިމިގްރޭޝަންގެ އޮފިސަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ސަރުކާރުން ދާދިފަހުން ވަނީ ނިންމާފައެވެ. އެގޮތުން މި މަސައްކަތަށް ހާއްސަކޮށް ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާ އިރު، އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ބަންޑާރަ ނައިބާއި ޓޫރިޒަމް މިނިސްޓާއި އިސްލާމިކް މިނިސްޓަރެވެ. މިހާތަނަށް އައި އިރު އިޒްރޭލު ޕާސްޕޯޓް މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ، ބަންގްލަދޭޝް، ބްރޫނާއީ، އީރާން، އިރާގު، ކުވައިތު، ލުބުނާން، ލީބިޔާ، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ސީރިއާ އަދި ޔަމަން ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-