-Advertisement-

-Advertisement-

ރާއްޖޭގެ ސަލާމަތަށް ނުރައްކާވާގޮތަށް ކުރީ ސަރުކާރުން އަމަލު ކޮށްފައިވޭތޯ 241 ކޮމިޓީން ބަލަނީ

ރާއްޖޭގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ރައީސް ޞާލިހުގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިވޭތޯ ބެލުމަށް އިންކުއަރީއެއް ހިންގަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ން ނިންމައިފިއެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ހުށަހެޅުއްވީ 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތަށް އަސަރު ކުރާ ގޮތަށް އަމަލުކޮށްފައިވާކަމަށް ވިދާޅުވެ، އެ ފަދަ މައްސަލަތައް ބަލަން ޕާލިމެންޓްރީ އިންކްއަރީއެއް ހަދާށެވެ.

އެގޮތުން އިންޑިއާއާ އެކު މިދިޔަ ސަރުކާރުން ސޮއިކުރި ހައިޑްރޯގްރަފީ އެއްބަސްވުމާއި އުތުރުތިލަފަޅުގެ އެއްބަސްވުން އަދި ރާއްޖެއަށް އިންޑިއާއިން ހަދިޔާ ކުރި ޑޯނިޔާއާ ގުޅޭ އެއްބަސްވުމުގެ މައްސަލަ ބެލުމަށް އަޒާން ވަނީ ހުށަހަޅުއްވާފައެވެ. މީގެ ތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުމުން އާ ނުކުރަން މި ސަރުކާރުން މިހާރު އޮތީ ނިންމައިފައެވެ. ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއިކުރަން މެދުވެރިވި ސަބަބު ހޯދުމަށް އަޒާން ހުށަހަޅުއްވާފައިވެއެވެ. އަދި އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރިކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވީ އެ އެއްބަސްވުމަށް ވާސިލްވި ގޮތާއި އަދި އެ އެއްބަސްވުމުގައި ސޮއި ކުރި އިރު އެމްއެންޑީއެފްގެ އިސް ވެރިންގެ ހިޔާލު ހޯދާފައިނުވާ ސަބަބު ހޯދަން ބޭނުންވާކަމަށެވެ.

އަޒާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓް ކުރަން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުމަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރިއަށް ނުގެންދަން ނިންމާފައި އޮތް އެއްބަސްވުމެއް ކަމަށާއި ނަމަވެސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމި އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން އަޒާން ވިދާޅުވީ މި އެއްބަސްވުންތަކުގައި ސޮއި ކުރުމާ ހަމައަށް އެކަމުގެ މަރުހަލާތައް ކުރިއަށް ގެންދިޔަ ގޮތާއި، އެކަމާ ގުޅިގެން ވަށައިގެންވާ އިތުރު ކަންތައްތައް ބެލަން ޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-