-Advertisement-

-Advertisement-

ސްޓޫޑެޓް ލޯނު ލިބުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފި

ސްޓޫޑެންޓް ލޯނަށް ޝަރުތުހަމަވި ދަރިވަރުންގެ ނަންތައް އިއުލާނުކުރުން މާދަމާ - ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

މަތީ ތަޢުލިމު ޙާސިލްކުރުމަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ސްޓޫޑެންޓް ލޯނު ލިބުނު ދަރުވަރުންގެ ލިސްޓް އާންމުކޮށްފިއެވެ.

މި ލިސްޓް އާންމުކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މިއަދު އިއުލާނުކުރެވިފައިވާ ނަތީޖަ ތަކުގެ ތެރެއިން، ޕައިލެޓް ލައިސެންސް ގެ ސްލޮޓް ފިޔަވައި އެހެން ސްލޮޓްތަކަށް އިއުލާނުކުރެވިފައިވަނީ ދާއިމީ ނަތީޖާ ކަމަށާއި ޕައިލެޓް ސްލޮޓްއަށް އިއުލާނުކުރެވިފައިވަނީ، ވަގުތީ ނަތީޖަ ކަމަށެވެ.

ފައިލެޓް ލައިސެންސްގެ ސްލޮޓަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ ލިބެން ހުންނާނީ މިމިނިސްޓްރީގެ ވެބްސައިޓް https://mohe.gov.mv/  އިން ފެންނަށް ހުންނާނެކަމުގައިވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ހަމައެޔާއެކު އެހެން ސްލޮޓްތަކުގެ ނަތީޖާ ލިބެން ހުންނާނީ، އެ ވުޒާރާގެ “މައި އެޑިޔު ޕޯޓަލް https://myedu.egov.mv/ ” އިން ކަމުގައިވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިއަދު އާންމުކުރި ނަތީޖާއާއެކު، ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު ބަޔާން ކޮށްފައި ވާނެކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ނަތީޖާއާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށްloan2024@mohe.gov.mv މެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި އަހަރު މަތީ ތަޢުލީމުގެ ލޯނަށް 500 ފުރުސަތު ހުޅުވާލިއެވެ. އަދި އެ ފުރުސަތުގައި 1709 ފަރާތަކުން ލޯނަށް އެދި ފޯމު ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން 1153 ދަރިވަރަކު ވަނީ ލޯނަށް ކޮލިފައި ވެފައެވެ.

މި އަހަރުގެ ލޯނަށް ޝަރުތު ހަމަވާ ހުރިހާ ފަރަތްތަކަށް ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ފާއިތުވެދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-